...

Support Us

ރަމަޟާން މަހަކީ…

އިލާހީ ޙަޟުރަތުން ދެއްވެވި ވަރަށް މަތިވެރިވި ނިޢުމަތެކޭ
ކިލާ ހިތްތައް އަލުން ޠާހިރުކުރަން އޮތް އާދެ! …ފުރުޞަތެކޭ

ކުރުން އިސްރާފު ދޫކޮށްލައި ޞަބްރުވެރިކަންމެ އިސްކޮށްލައި
ހުރުން މަތިވެރި ހިދާޔަތުގައި އަލުން އާކޮށްލެވޭ މަހެކޭ

ދުލާ އަތްފައިމެ މައިތިރިކޮށް، ހިފާ ރޯދައިގެ ޙުރުމަތުގައި
ނުލާހިކު ހައިބަނޑާ ހުރެ ވެސް ނަފުސު ސީދާކުރާ މަހެކޭ

ނުބައި ނުލަފާވި ޝައިޠާނުން، އެބައިގައިވީ އެހެން ޚަލްޤުން
ނުބައިކަން ކުރުމަކަށް ފުރުޞަތު ނުދީ ކަސްތޮޅު އެޅޭ މަހެކޭ

ފަގީރުންނާއި މިސްކީނުން ވަރަށް ނިކަމެތި އެހެން ޔާރުން
ހަގީގީ ތަޖުރިބާ ތަކަކުން އެނގޭ،…. އަންގައިދެވޭ މަހެކޭ

ހިފާ ރޯދައިގެ މަތިވެރިކަން ބަޔާން ނުވެވޭނެހާ ގިނަކަން
"ދިފާޢީ އައްޑަނަ"އިގެ ނަމުން ލިބޭ ޝުހުރަތު މިއީ މަހެކޭ

ރެޔެއް މަތިވެރި ޤަދަރުލިބިވާ، އެއަށް އެއްހާސް އަހަރު އަގުވާ
ރެޔެއް ހިމެނޭ ގޮތުން ލެއްވެވި އެއީ މަތިވެރިވި މައްސަރެކޭ

ކުރީ ދިހަ ރަޙުމަތުން ފުރިފައި، އަނެއް ދިހަ މަޣުފިރާ ކަމުގައި،
ބަރީއަވުމަށް  ޖަހަންނަމައިން ނިމޭ ދިހަ ލެއްވި މާތް މަހެކޭ

ތަރާވީހާ އެހެން އަޅުކަން ހިފާ ރޯދައިގެ އިތުރަށް ވެސް
ކުރާ ހުރިހާ ކަމެއް ރަނގަޅަށް ކުރާން މީ އޮތް ދުވަސްވަރެކޭ

އަބަދު މާޒީ އެދޭ އެދުމޭ ސަވާބާ ދަރުމަ ގިނަގުނަވާން
ދަބަރުތައް ހިތުގެ ކުނި މިލަޔާ މިއީ ފިލުވޭނެ މޫސުމެކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *