ބަނަކަމާ ނާމާން އަނދިރިކަން މަޑުމަޑުން ދިއައީފިލައި
ވަނަ ދެވުނު ގަދަފަދަ ކޮވިޑުވެސް މިލިއައީއޭ ބިރުފިލައި
ހީވިޔަސް ހެން މާދުރަށްލައި ވަށަވަށައިގެން ފާރަލައި
ހީވާހީވުން ގައިމުވަންދެން ތާށިކުރި ގޮތް ނެތިފިލައި
މިހިރަމިހިރީ ކަންހިނގާ ގޮތް ވާބަދަލު އެނގި ފެނިނުލައި
ބިހިނަގާތީ މީޓަރަކު ދުރުގައި ތިބިން ދޯ ހިރިނުލައި
މާދަމާ ފުށްވެސް ބަދަލުވޭ ގައިޖެހުން ހުރަހެއް ނުލައި
އާދަޔާ ހަމަ ހުއްދަވީޔޯ ނެތި ނުރައްކާ ބޮނޑިވެލައި
ކަމުގެ ބޮޑުކަން ބާރުވެރިކަން ގޭތިބީން މިނިވަންވެލައި
ނަމުގޮޅީގައި ކާފު ލިއެލަން ފުރުސަތޭ ފާހަގަ ބަލައި
މިކަމެއް ނޫން އަހަރެމެނަކަށް މާނަ ގައުމުގެ ނޭގުމުން
ވީކަމެއް ވާން ދޫކުރޭ! މީ ސަގާފަތް ވިސްނާނުލައި