އެނބުރެމުންދާ ދުނިޔެއިން އަބަދުމެ ފިލާވަޅު ލިބިދެއޭ
ސެނބުރެމުންދާކަމުގެ ހެކިތައް ފެނިޔަގީން ކަށަވަރުވެއޭ
ވަގުތު އިންސާނާ ވަށައިގެން ދައްކުވާ މަންޒަރު ތަކުން
އަގުކުރަން މަޖުބޫރުވާކަން ސިކުނޑިއަށް ވިސްނައިދެއޭ
އިއްޔެ ބައިވަރު ހުސް ވަގުތު ލިބި ހަމަޖެހެން ފުރުސަތުއޮތޭ
އިއްޔެ މިއަދަކު އެންމެ މިނެޓެއްވެސް ލިބޭކަށް ނުއޮވެއޭ
މަދުވެފައި ދުވަހުގެ ހަތަރުދަން އިތުރު ދަމަކަށް އެދެވިފާ
ތަދުވެ ހިނދުތައް ތެޅިފޮޅެން ޖެހިފައިވުމުން ހައިރާންވެއޭ
ވިދި ދެކަޅި ކަންބޮޑުވެ ކަންތައްތައް ނުވެވިގެން ދެރަވެފާ
ނިދިކޮޅެއް ހަމަޖެހި ނިދާލަން ނުލިބި ބޯ ސަކަރާތްވެއޭ
ކޮން ކަމެއް ވަކި އިތުރުވީ ނެތް ކޮންކަމެއް އަދި އާއައީ
ކޮންމެ މީހަކު ވެސް މިތާ މޮޔަ ދުނިޔެއަށް ވިސްނާމެއޭ
މާދަމާކަން ކަން އޮތީ ވިސްނާ ފިކުރު ހިންގަންވަނީ
ހާދަހާ ދެރައޭ ވަނީ މަސްތާއެކީ ރަންބުއްދި އޭ