Support Us

ސިންގަލްޔޫސް ޕްލާސްޓިކާއި ކަރުދާހާ ދުރަށް ދިއުމަށް ސްޓެލްކޯއިން ފެށި ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ- ސިންގަލްޔޫސް ޕްލާސްޓިކާއި ކަރުދާހާ ދުރަށް

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާއި، އެ ކުންފުނީގައި ބޭނުންކުރާ ކަރުދާސް މަދުކުރުން ނުވަތަ ޕޭޕާލެސް ޓްރާންސިޝަން ސްޓެލްކޯ އިން މިއަދު އިފްތިތާހުކޮށްފި އެވެ.

މި ދެ ކަންތައްވެސް މިއަދު އިފްތިތާހުކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބުދުލް ކަރީމެވެ. މިއާއެކު ސްޓެލްކޯއިން ހިންގަމުން ގެންދާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ވަނީ ހަދައިފައެވެ.

ސިންގަލްޔޫސް ޕްލާސްޓިކާއި ކަރުދާހާ ދުރަށް ދިއުމަށް ސްޓެލްކޯއިން ފެށި ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ވަނީ ރީ-ޔޫސަބަލް ފެންފުޅިއާއި ފޮތި ދަބަސްވެސް ހަވާލުކޮށްފަ އެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނުވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއަޅާ މި ގާއިމް ކުރެވުނު ނިޒާމްގެ ތެރެއިން ވަނީ ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފްލޯތަކެއްގައި ބޯފެން ފުޅިއަށް އަޅައިގެން ބޭނުންކުރެވޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިފައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި އެ ކުންފުނީގެ ވިޔަފާރި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް އެކި ބޭނުންތަކުގައި ދާ ފަރާތްތަކުންވެސް ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ކުރެވޭ ތަކެތި، އެތެރެއަށް ވަންނައިރު ބަހައްޓާލެވޭނެ އިންތިޒާމް މިހާރު ވަނީ ގާއިމްކޮށްފައެވެ.

ސިންގަލްޔޫސް ޕްލާސްޓިކާއި ކަރުދާހާ ދުރަށް ދިއުމަށް ސްޓެލްކޯއިން ފެށި ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ: ސްޓެލްކޯ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިއަދު މި ފެށި "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ގިރާކުރި މުހިންމު ހަރުފަތަކަށް ކަމަށެވެ.

"އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް އެކީ އެއްފަހަރާ މުޅި ކުންފުނީގައި ފުޅާ ދާއިރާއެއްގައި ތަންފީޒު ކުރުވާ މިފަދަ ޕްރޮގްރާމެއް ފަށައިގަންނަ ފުރަތަމަ ކުންފުންޏަކަށް މި ކުންފުނި ވެގެން ދާނެ. ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް މި ކުންފުނީގެ ބޭނުންތަކަށް 2،800 ފެންފުޅި ގަނެ ބޭނުންކުރޭ. މިއީ އަހަރަކަށް ބަލާނަމަ، 33 ހާސް ފުޅި ފެން ތިމާވެއްޓަށް ގެންލުންދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރު ކޮށްކޮށް ތިބެން އެހާ ފަސޭހައެއް ނޫން،" މުޣުނީ ވިދާޅުވި އެވެ.

ސިންގަލްޔޫސް ޕްލާސްޓިކާއި ކަރުދާހާ ދުރަށް ދިއުމަށް ސްޓެލްކޯއިން ފެށި ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ: ސްޓެލްކޯ

މީގެ އިތުރުން ޒަމާނުއްސުރެ ތިމާވެއްޓާ އެހާ ރައްޓެހި ނޫން ގޮތަކަށް ކަންކަން ރޭވި ހިނގަމުންދާ ގޮތަކަށް އޮންނަ ކުންފުނި މިއަދުގެ ފަހުން ތިމާވެއްޓާ ރައްޓެހި ނަމޫނާ ކުންފުންޏެއްގެ ގޮތުގައި މުޖުތަމައު ދެކިގެންދާނެ ކަމަށާއި، އަދި މިކަން ތައާރަފް މިކުރެވެނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރޭން ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެއް ކަރުދާސް ޕްރިންޓްކޮށްގެން ބޭނުން ކުރަމުން ދިޔަ ދިޔުން މިއަދު އިފްތިތާހު ކުރެވޭ ޕްރޮގްރާމްގެ ދަށުން މަދުވެ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 އިންސައްތައަށް މިހިނގާ 2021 ވަނަ އަހަރު ނިމޭއިރު ކުޑަކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މިގާއިމް ކުރެވޭ ނިޒާމުގެ ސަބަބުން މަސައްކަތަށް އަވަސްކަން ލިބި ވަގުތު ސަލާމަތްވެ، ފަސޭހަކަން ލިބުމާއި ހަރަދު ކުޑަވުން މިއީވެސް ތިމާވެށި ސަމާލަތް ކުރުމަށް އެ ކުންފުނިން ކުރެވޭ ހާއްސަ މަސައްކަތުގެ ތެރެއިން ހާސިލް ކުރާނެ މުހިންމު ލަނޑުދަނޑިތަކެއް ކަމުގައި މެނޭޖިންގ ޑިރެކްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް ވިދާޅުވީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް މިހާރު ޕްލާސްޓިކް ބޭނުންކުރަމުންދާ ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސް ނެގުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އެހެން އިދާރާތަކާއި ކުންފުނިތަކުންވެސް ސްޓެލްކޯއިން މި ދެއްކި ނަމޫނާއާ އެއްގޮތައް ސިންގަލް ޔޫސް ޕްލާސްޓިކާ ދުރުވެ، ކަރުދާސް މަދުކުރުމަށް މަސައްކަތް ކުރުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *