Support Us

އެޗްޑީސީއިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމީޔާތުގެ ތެރެއިން -ފޮޓޯ: އެޗްޑީސީ

އެޗް.ޑީ.ސީ އެޕްރެންޓިޝިޕް ޕްރޮގްރާމްގައި 90 ބައިވެރިން، އެލަވަންސަށް މަހަކު 6،000ރ.

ޖުމްލަ 90 ބައިވެރިންނާއެކު ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އެޕްރެންޓިޝިޕް ޕްރޮގްރާމް ފަށައިފިއެވެ.

އެޗް.ޑީ.ސީން ބުނީ 60 ދަރިވަރުން އަދި އެޗް.ޑީ.ސީގެ 30 މުވައްޒަފުން ބައިވެރިވާ މި ތަމްރީނު ޕްރޮގްރާމްގެ ދަށުން ހެވީ ވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާޑަނިންގ، އިލެކްޓްރިކަލް އަދި ކޮންސްޓްރަކްޝަން ދާއިރާއިން މީހުން ތަމްރީނު ކުރާނެ ކަމަށެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލްވަންސެއްގެ ގޮތުން މަހަކު 6،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދާނީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް)ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގައިޑްލައިންސާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެޗް.ޑީ.ސީން ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާއެކު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ މީހަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"ޤައުމަށް ޚިދުމަތް ކުރާނެ ދިވެހިން ތަރައްޤީ ކުރުމުގެ މަޤްޞަދުގައި އެޗްޑީސީއިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ހަތަރު ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ފުރިހަމަ ތަރުހީބުގެ ސަބަބުން މި ޕްރޮގްރާމްގައި ކުންފުނީގެ ސްޓޭކް ހޯލްޑަރުންގެ އިތުރުން ވިޔަފާރި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނެވެ. ސްޕޮންސަރުންގެ ގޮތުގައި ހަތަރު ކުންފުންޏަކުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ކުންފުނިތަކަކީ އިލާ މޯލްޑިވްސް، އިނޯކާ ޕްރައިވެޓް ލިމިޓެޑް، އެފް. ޑަބްލިޔު ކޮންސްޓްރަކްޝަން އަދި މުނި އެންޓަޕްރައިޒަސް އެވެ." އެޗް.ޑީ.ސީން ބުނެއެވެ. "ކުންފުނިތަކަށް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ އެޗްޑީސީ އަދި އެހެން ކުންފުނިތަކާ ގުޅިގެން ޤައުމުގެ މަސައްކަތުގެ މައުހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ ބާޒާރާށް ނެރުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކުންފުނިތަށް ނުވަތަ ވިޔަފާރިތަކަށް ލިބޭ ފައިދާތަކުގެ ތެރޭގައި ބޭނުންވާ ފަންނުތަކުން މުވައްޒަފުން އުފެއްދުމުގެ ފުރުސަތު ލިބިގެންދިއުމާއި، އެފަރާތްތަކުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެން ދާނެއެވެ."

އެޗްޑީސީއިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމީޔާތުގެ ތެރެއިން -ފޮޓޯ: އެޗްޑީސީ

މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުން ކަމުގައި ވެސް އެޗް.ޑީ.ސީން ބުނެއެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި ޒުވާނުންނަކީ އެއްވެސް ވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުން ކަމުގައި ވެސް އެޗް.ޑީ.ސީން ބުނެއެވެ.

ތިން ހާސް ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށައިފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީން ކުރާނެ ކަމުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ސުޙައިލް އަހްމަދު ވިދާޅުވިއެވެ. އަދި ގިނަ ދާއިރަތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *