...

Support Us

ގައުމާއި ގައުމީ ލޯބި

ކީއްވެގެންބާއޭ އަހަރެމެން ގައުމުގައުމޭ ނުކިޔަނީ
ކީއްވެ އެކި ވަކި ކަރަކަރައިގައި ގައުމު އުރުގާ ބައިންދަނީ

ގެއްލުމެއް ލިބިދާނެތީ ދެރައެއް އަމާޒުވެދާނެތީ
ގެއްލުމާއިދުރަށް ގައުމުގެންދާން އެމީހުން މަރުދެނީ

އެންމެ ކުޑައިރު ގޭތެރޭންނާ ދެންދެވޭ އެދުރުގެތަކުން
އެންމެ ގަދަ އަޑަކަށް ތިމާގެ ގައުމު އަހަން އިއްވައިދެނީ

ތެދެކެ ގައުމެއް ގައުމަކަށް މިވަނީ ނުހަނު ގަދަ އެޅިގެނޭ
އެދެމެ ކުރިއަށްދާން ދުލުން ކިއަކަސް ނުވާނެ ޔަގީންވަނީ

މަދަރުސާއި ސްކޫލުގައި ގައުމީ ސަލާމުގެ އަޑު އިވޭ
އަދަކު އެވަގުތުވެސް ސަމާލުވެ އެކަމަކަށް ނޫން ތިބެވެނީ

ގައުމު ދުށް ގަދަ ފަހުލަވާނުން ގައުމު ދެކެ ލޯބިވި ދަރީން
ގައުމުގާ މަޝްހޫރުކޮށް ކިޔާނުދެވި ނަންތައް ފަނޑުވަނީ

ހާދަ ގުރުބާނީއެކޭ ގައުމަށްޓަކައި ވީ އެކިދަރީން
ހާދަ ބޭނުންވާނެ ޅަދަރިންނަށް އެކަންކަން ނޭނގެނީ

އިސް ސަފުން ގައުމަށް އަޅާލާ އާންމުކޮށް ފިލުވާދިނުން
އިސްކަމަށް ނުދެކޭ މިތާ ދިގު ހައްޓި+ފަސް އަހަރު މިވަނީ

ލޯބިވާން ދަސްކޮށްދެވުނު ނަމަ ގައުމުގައި ގައުމަށްޓަކާ
ލޯބިދީ ހޭހަންކުރާނެ ދަރިން ތިބީސް ކަށަވަރުވަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *