...

Support Us

އެޑްވަޓޯރިއަލް

ޖީ.އެން ސައިކަލުގައި ސާއިދު ސްޕީޑް ބާރުކޮށްލައިފި

ދެކުނު އޭޝިއާގައި ހުރި އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ސުޒުކީ ޖީ.އެން ސައިކަލުގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފިއެވެ. އެއާއެކު ސުޒުކީ ޖީ.އެން 125H ސައިކަލާއެކު ސާއިދު ނަގައިފައިވާ ޕްރޮމޯޝަން ފޮޓޯތަކެއް މިހާރު ވަނީ ރިލީޒްކޮށްފައެވެ.

ލޮޓަސް ބައިކް ޝޮޕުން ބުނި ގޮތުގައި ރަތާއި ނޫ އަދި ކަޅު ކުލައިގެ ތެރެއިން ބޭނުން ކުލައެއްގެ ޖީ.އެން 125H އޮރިޖިނަލް ސައިކަލް އެ ފިހާރައިން ވަރަށް ހެޔޮ އަގެއްގައި ލިބެން އެބަހުއްޓެވެ. އިންސްޓޯލްމަންޓަށް ވެސް ލިބޭނެއެވެ.

ކަނބަލުންގެ މަގުލޫކަން ވެސް ހޯދައިފައިވާ ޖީ.އެން 125H ސައިކަލަކީ ބަޒާރުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ރާއްޖޭގެ މާހައުލަށް ވަރަށް ފެތޭ ސައިކަލެކެވެ. އެހެންވެ މި ސައިކަލުގެ މަޤުބޫލުކަން އަންނަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. ނަތީޖާއަކަށް ވަނީ ދުނިޔޭގެ ބާޒާރަށް އާ ވައްތަރުގެ އެތައް ސައިކަލެއް ނުކުންނަ އިރު ވެސް މި ސައިކަލު ވައްޓައެއް ނުލެވެއެވެ.

ކަނބަލުންނަށް އެންމެ ކަމުދަނީ ޖީ.އެން

  • ތަނެއްގައި ގިނައިރު އިށީނދެ އިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ރީތި ސައިކަލެއްގައި ފިރިމީހާގެ ފަހަތުގައި ވިޔަސްމެއެވެ. މަޑީގައި ޖެހޭ ހިސާބު އައްސިވުމާއި ބުރަކަށީގައި ރިއްސުމަކީ އާންމުކޮށް ފާހަގަ ކުރެވޭ ކަންކަމެވެ. އެހެނަސް GN އެއްގައި ގިނަ ވަގުތު އިނުމަކީ އުނދަގޫ ކަމެއް ނޫނެވެ. ގިނަ ފަހަރު އެރިއްޖެއްޔާ އޭގެން ފައިބާ ހިތެއްވެސް ނުވާނެއެވެ. ހަގީގަތުގައި ގިނަ އަންހެން ކަނބަލުންގެ މެދުގައި މި ސައިކަލު މަޤުބޫލުކަން ހޯދާފައި ވަނީވެސް މި ސަބަބާ ހުރެއެވެ.

ކެލެޖު މާ ރައްކާތެރި؟

  • ކެލެޖަކީ ދަސްކުރަން ކުޑަ ހިތްވަރެއް ބޭނުންވާ އެއްޗެކެވެ. އެހެނަސް ދަސްވުމަށް ފަހު ނުވިސްނާވެސް ކުރެވޭހާ ފަސޭހަ ކަމެކެވެ. ބޭނުން ވާނީ ހަމަ ކުޑަ ވަގުތު ކޮޅަކާއި ނުބައިކޮށް ކެލެޖު ކުރެވިގެން ސައިކަލު މަގުމެދަށް ހުއްޓުނަސް ލަދު ނުގަނެ ސައިކަލު އަލުން އިސްޓާޓުކޮށް ނައްޓާލް ކުޑަކުޑަ ހިތްވަރެކެވެ.
  • ގިނަ މީހުން އެއްބަސްވާ ގޮތުގައި ކެލެޖު ސައިކަލު ސެމީ އޮޓޮމެޓިކް (wave) އަދި އޮޓޯ (airblade) ފަދަ ސައިކަލާ އަޅާ ބަލާއިރު މާ ރައްކާތެރިއެވެ. ސަބަބަކީ ސައިކަލުގެ މައްޗަށް ތިމާގެ ބާރު ހިނގާލެއް ބޮޑުވުމެވެ.

  • GN125 އާ ބެހޭ ހުރިހާ މަޢުލޫމާތު ބޭނުން ނަމަ ލަސްނުކޮށް 7530253، 9555520 އަދި 7425552 އަށް ގުޅާލާ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.