Support Us

އަލްމަރުހޫމު އޮނަރަބްލް އަޙްމަދު ޙިލްމީ ދީދީ.

އޮނަރަބްލް އަޙްމަދު ޙިލްމީ ދީދީ: ރާއްޖޭގެ އެންމެ ފުރަތަމަ މުވާޞަލާތުގެ ވަޒީރު

ރާއްޖޭގެ އެންމެ ފުރަތަމަ މުވާޞަލާތުގެ ވަޒީރަކީ އަލްމަރުހޫމު އޮނަރަބްލް އަޙްމަދު ޙިލްމީ ދީދީއެވެ. އެ މަނިކުފާނު ވަނީ 1951 އިން 1952 އަށް އެ މަގާމު އަދާކުރައްވައިފައެވެ.

އޮނަރަބްލް މިދުޙަތު ޙިލްމީ

ރާއްޖޭގެ ފުރަތަމަ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރަކީ އޮނަރަބްލް މިދުޙަތު ޙިލްމީއެވެ. އެ މަނިކުފާނު ވަނީ 11 ނޮވެންބަރު 1988 އިން 9 އޮކުޓޫބަރު 2002 އަށް، ޑެޕިއުޓީ (އެކްޓިންގ) މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީކަން އަދި 9 އޮކުޓޫބަރު 2002 އިން 14 ޖުލައި 2005 އަށް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަގާމު ފުރުއްވައިފައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، 17 ނޮވެންބަރު 2018ގައި ދިވެހިރާއްޖޭގެ ރިޔާސަތާ ޙަވާލުވެވެވަޑައިގެން، ހަމަ އެ ދުވަހު އުފެއްދެވި އާ މިނިސްޓްރީތަކުގެ ތެރެއިން މިނިސްޓްރީއެކެވެ. ނަމަވެސް 11 ނޮވެންބަރު 1998 އިން 14 ޖުލައި 2005އަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ހިނގަމުންދިޔައެވެ. ވީމާ، މިއީ މިނަމުގައި އުފެދުނު ދެ ވަނަ މިނިސްޓްރީއެވެ.

ތާރީޚީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގެ މުވާސަލާތުގެ ވުޒާރާއެއް ފުރަތަމަ އުފެދުނީ 1951ގައެވެ. އަދި 1953ގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވުމާއެކު އެ ވުޒާރާ އުވުނީއެވެ. އޭގެ ފަހުން މުވާޞަލާތުގެ ވުޒާރާއެއް އުފެދުނީ 40 އަހަރު ފަހުންނެވެ. އެއީ 1993ގައި އުފެދުނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނެވެ. އޭގެ ފަހުން 1998ގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އުފެދުނެވެ. އަދި 2005ގައި އެ މިނިސްޓްރީ އުވި، އަލުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމަށް ބަދަލުވިއެވެ. އަދި 2008ގެ އާ ސަރުކާރުން (ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ސަރުކާރުން) މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ ނަމުގައި މިނިސްޓްރީއެއް އުފެއްދެވިއެވެ. އޭގެ ފަހުން 2010ގައި އެ މިނިސްޓްރީ އުވި، އަނެއްކާވެސް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އުފެދުނެވެ. އެ މިނިސްޓްރީ އުވުނީ 2014ގައެވެ.

ދެން ރައީސް ސޯލިހުގެ ސަރުކާރުން އަލުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކޮމިއުނިކޭޝަން މިނިސްޓްރީވެސް ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި 17 ނޮވެންބަރު 2018ގައި އުފެއްދެވީއެވެ.

އެ މިނިސްޓްރީގެ ދާއިރާގެ އިދާރާތަކާއި މުއައްސަސާތަކުގެ ތާރީޚަށް ބަލާއިރު 1943ގައި ދޫނިދޫ ވަޔަރލެސް ސްޓޭޝަން އުފެދުނު ފަހުން މެދުނުކެނޑި ޓެލެކޮމިއުނިކޭޝަންގެ މުއައްސަސާތައް ހިނގަމުން އެބަދެއެވެ. އަދި ޕޯސްޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާއެވެ. ރާއްޖޭގައި 1906ގައި ޕޯސްޓް އޮފީސް އުފެދުނީއްސުރެ އެ ސަރވިސް ވެސް މެދުނުކެނޑި ހިނގަމުން އެބަދެއެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީއައި.ޓީ) އުފެދުނީ 2003ގައެވެ.

ރާއްޖޭގެ ކޮމިއުނިކޭޝަން މިނިސްޓަރުން

  • ޞާޙިބުއްސަޢާދަތު ޢަޙްމަދު ޙިލްމީ ދީދީ، ވަޒީރުޢްޞިއްޙަތު ވަލްމުވާޞަލާތު، 1951-1952
  • ޞާޙިބުއްސަޢާދަތު އަންނަބީލު ޙަސަން ޢަލީ ދީދީ، ވަޒީރުލްމުވާޞަލާތު، 1952-1953
  • އޮނަރަބްލް އަޙްމަދު ޒާހިރު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، 1993-1996
  • އޮނަރަބްލް އިސްމާޢީލް ޝަފީޢު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، 1996-1998
  • އޮނަރަބްލް މިދުޙަތު ޙިލްމީ، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، 2000-2005
  • އޮނަރަބްލް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، 2005-2008
  • އޮނަރަބްލް ޑރ. މުޙައްމަދު ޖަމީލު ޢަޙްމަދު، މިނިސްޓަރ އޮފް ސިވިލްއޭވިޝަން އެންޑް ކޮމިއުނިކޭޝަން، 2008-2009
  • އޮނަރަބްލް މަޙްމޫދު ރާޟީ، މިނިސްޓަރ އޮފް ސިވިލްއޭވިޝަން އެންޑް ކޮމިއުނިކޭޝަން، 2009-2010
  • އޮނަރަބްލް ޢާދިލް ސަލީމް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، 2010-2012
  • އޮނަރަބްލް ޑރ. ޢަޙްމަދު ޝަމްހީދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، 2012
  • އޮނަރަބްލް އަމީން އިބްރާހީމް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، 2013-2014
  • އޮނަރަބްލް މުޙައްމަދު މަލީޙް ޖަމާލް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، 17 ނޮވެންބަރު 2018އިން 1 މާރިޗު 2021އަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *