Support Us

ޅެންބަހުން ފަންވަތް ލިޔަން ވީހޭ؟

(ނޯޓު: މިއީ ދިވެހިރާއްޖޭގައި ޢާންމުކޮށް ލަވަ ހަދައިއުޅޭ ޢާންމު ހަމަތަކާ ތަންކޮޅެއް ތަފާތު ހަމަޔަކަށް ފައްތައިގެން ހަދައިފައި އޮތް ލަވަޔެއް ކަމަށް ބައެއް މީހުންނަށް ފެނުންވެސް އެކަށީގެންވެއެވެ. މިއީ ހަމަގައިމުވެސް ޅެމެއް ނޫނެވެ. މި ލަވައިގެ ރާގަކީ އަޅުގަނޑުގެ އަމިއްލަ ރާގެކެވެ. ލަވައިގެ ހަމަ ފައްތައިފައި މިވަނީ، ހުޅަނގުގެ މިންގަނޑުން ނަމަ، ’ޓައިމް ސިގްނެޗަރ‘ 7/4 އަށެވެ. ހިންދުސްތާނީ މިންގަނޑުން ނަމަ، މިލަވައިގެ ހަމަ އެންމެ ގާތްކުރާނީ ’ދީޕްޗަންދީ ތާލް‘އާ އެވެ. މިލަވަޔަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ރެކޯޑު ކުރެއްވުން ކަހަލަ ކަމަކަށް ސީރިޔަސް ކޮށް އެދިވަޑައިގަންނަވާ ބޭފުޅުން ’އަދިވެސް‘ ނޫހާ ގުޅުއްވީމައި އެފަރާތުން އަޅުގަނޑާ ގުޅުއްވައިދެއްވާނެ ކަމަށް އުންމީދުކުރެވެއެވެ.)

މައިގަނޑު:

ޅެންބަހުން ފަންވަތް ލިޔަން ވީހޭ؟

ރަންބިމަށް ގެންދާ އެ ފެންހުވަ ހަމަ ބަލަން ވީހޭ؟

ކަޑި 1:

އަނހާ! ދިރިއުޅުމުގައި ހެޔޮ ޚުލްޤު އިސްކޮށް އުޅެ ކަލާ!

ފަހައި ޢިލްމާ ތަރައްޤީ މިންނަތާ އެކު އުޅެ ކަލާ!

އިންތަކާ މިންތައް ނެތެން ވީހޭ؟

ދޮންގޮމާ އަރިހަށް ދެވޭތީ ރަން ދުނިޔެވީހޭ؟

ކަޑި 2:

ކިހައި ހިތްސާފުކޮށް ދުނިޔޭގެ މަގުގައި އުޅެ ކަލާ!

އެހައި ހިތްގައިމު ކޮށް ކުރިމަގު ކުރަހަމުން ދިޔަ ކަލާ!

ނަން ތިމާގެ ހަނދާން ނެތެން ވީހޭ؟

ކަން ވެދާނޭ ކަމު ހިތާ، އެ އަނދުން އަޅަން ވީހޭ؟

ކަޑި 3:

މިހައިވަރަށޭ ކިޔޭނީ ތިލަފަށަށް ނުގެނެސް ކަލާ!

އަހައި، ވިސްނާ މިލަވަޔަށް! ދިންނަވާތޯ އަދު ކަލާ!

ފުން އަނދިރި ވަޅަކަށް އެރެން ވީހޭ؟

މެންއަވާދުރު ދެއްކި ސަހަރައިގައި ފަތަން ވީހޭ؟

ޅެންބަހުން ފަންވަތް ލިޔަން ވީހޭ؟ (ނުވާނޭ..)

ރަންބިމަށް ގެންދާ އެ ފެންހުވަ ހަމަ ބަލަން ވީހޭ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *