...

Support Us

ބެލެނިވެރިންނާއެކު މަޖީދިއްޔާގެ ބައެއް ދަރިވަރުން ސްކޫލަށް ވަންނަނީ. -އަދިވެސް ފޮޓޯ

މަޖީދިއްޔާ އާއި ޖަމާލުއްދީންގެ ޓީޗަރުންތަކަކާއި ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް، ބެލެނިވެރިންނަށް ސިއްރުކޮށްފައި

ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލްގެ ބައެއް ޓީޗަރުންނާއި ދަރިވަރުން ކޮވިޑް19 އަށް ޕޮޒިޓިވްވެ، ފަރުވާ ހޯދަމުންގެންދާކަން "އަދިވެސް" އަށް ކަށަވަރުވެއްޖެއެވެ. ނަމަވެސް މިކަން ވަނީ ބެލެނިވެރިންނަށް ސިއްރުކޮށްފައިކަން ވެސް ވަނީ ޔަގީންވެފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން އެނގޭ ގޮތުގައި މަޖީދިއްޔާ ގްރޭޑް 5ގެ ޓީޗަރަކު ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންދިޔައީ އިއްޔެއެވެ. އަދި ގްރޭޑް 5ގެ ދަރިވަރަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ޖަމާލުއްދީން ކުދިން ސްކޫލަށް ވަނުމުގެ ކުރިން ހުންބަލަނީ  -ފޮޓޯ: ޖަމާލުއްދީން އެފް/ބީ

ޖަމާލުއްދީނުން ޕޮޒިޓިވްވެގެން އުޅެނީ ޑެޕިއުޓީ ޕްރިންސިޕަލަކާއި ލީޑިން ޓީޗަރެއްގެ އިތުރުން ހަ ދަރިވަރުންނެވެ. އޭގެތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން ދަރިވަރުން ހިމެނެއެވެ. ގްރޭޑް 1، 5 އަދި 6ގައި ކިޔަވާ މި ތިން ދަރިވަރުން ތިބީ ވެލިދޫ ކަރަންޓީނު ފެސިލިޓީގައެވެ.

މަޖީދިއްޔާގެ ބެލެނިވެރިއަކު މިއަދު މައުލޫމާތު ދިންގޮތުގައި އެ ޓީޗަރު މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ސްކޫލަށް ނުކުމެ، ދަރިވަރުންގެ ފޮތްތައް ވެސް މާކުކޮށް ހަދައިފައެވެ.

"މިސް އެ ދުވަހު ހުރީ ވަރަށް ރޯގާޖެހިފައި ކަމަށް (ބުރާސްފަތި ދުވަހު) ދަރިފުޅު ސްކޫލުން އައިސް ބުނި،" މަޖީދިއްޔާގެ ބެލެނިވެރިޔަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

މި ޓީޗަރު ޕޮޒިޓިވްވި ނަމަވެސް، އެކަން ސްކޫލަކުން ވެސް އަދި ޓީޗަރު ވެސް ބެލެނިވެރިންނަކަށް ނާންގައެވެ. އެކަމަކު ސްކޫލްގެ ހުރިހައި ކަމަކާ މުއާމަލާތު ކުރުމަށް ބެލެނިވެރިންނާއެކު ޓީޗަރު އޮންނަނީ ވައިބަރ ގްރޫޕެއް ވެސް ހަދައިފައެވެ.

"މިސް މިއަދު ސްކޫލަށް ނުދާ ވާހަކަ ވެސް ވައިބަރ ގްރޫޕަކު ނުބުނޭ. އެކަމަކު މިސް ވަނީ އިއްޔެ ފެސިލިޓީއަށް ގެންގޮސްފައި. މިއީ ސިއްރުކޮށްގެން އުޅެންޖެހޭ ކަމެއް ނޫން. މިއީ އެނގެންޖެހޭނެެ ކަންކަން. މީގައި އަދި ހެއްވާ ކަމަކީ މިސް އަބަދު މި ބުނަނީ އެއްވެސް ކުއްޖެއްގެ ގޭގައި އެއްވެސް މީހަކު ޕޮޒިޓިވްވެއްޖެއްޔާ މިސް އަށް އަންގަން. އެކަމަކު މިސް ޕޮޒިޓިވްވީމާ އެކަން ބެލެނިވެރިންނަކަށް ނާންގާ،" އެހެން ބެލެނިވެރިއަކު ޝަކުވާކުރިއެވެ.

މީގެ އިތުރުން މަޖީދިއްޔާ ގްރޭޑް5 ގެ އެހެން ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވްވެ، ފެސިލިޓީގައި ކަރަންޓީނުގެ މުއްދަތު ހަމަކޮށް މި ހަފުތާގައި ސްކޫލަށް ނުކުންނާނެ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު (ކ) އެސެމްބްލީގައި ވާހަކަ ދައްކަވަނީ -ފޮޓޯ: މަޖީދިއްޔާ އެފް/ބީ

ކޮވިޑަށް ޕޮޒިޓިވްވެގެން އުޅެނީ މަޖީދިއްޔާ ސްކޫލްގެ ކިތައް ޓީޗަރުންނާއި ކިތައް ދަރިވަރުންތޯ ކަށަވަރުކުރުމަށް މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހަށް "އަދިވެސް" އިން މިއަދު ދަންނަވާލުމުން، މެސެޖަށް ވަކި ޖަވާބެއް ނުދެއްވައެވެ.

ކޮވިޑްގެ ވައިރަސް ރާއްޖެއަށް ފެތުރެން ފެށުމުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މާލޭގެ ސްކޫލްތައް މިދިޔަ އަހަރު މާޗު 6ން ފެށިގެން ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލްތައް އެއްކޮށް ހުޅުވީ މި ޖަނަވަރީ މަހު 10ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1197
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ޖަމާލުއްދީން ސުކޫލުގެ ޓީޗަރުންނެއް ނޫން އިނގޭތޯ، ހެނދުނު ދަންފަޅީގެ މެނޭޖްމެންޓް ބޭފުޅުން ޕޮޒިޓިވްވެ ގިނަ އެލްޓީސް ހޯމް ކަރަންޓިނުގައި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *