Support Us

ދެވަނަ ޓެސްޓުން ކޮވިޑަށް ފައްސިވުމާއެކު، މާޔޫސްވެގެން މީހަކު މަރުވެއްޖެ

ޢުމުރުން 66 އަހަރުގެ އިސްރަށްވެއްސަކު ކޮވިޑް19 އަށް ދެވަނަ ފަހަރު ކުރި ޓެސްޓުން ވެސް ފައްސިވުމާއެކު އޭނާ ކަންބޮޑުވެ މާޔޫސްވުމުގެ ސަބަބުން އަމިއްލަޔަށް މަރުވެއްޖެއެވެ. މެލޭޝިއާގެ ސެލަންގޯރ ދާރުލްއިޙުސާންގެ ސްޓޭޓްގެ ސްރީ ކެމްބަންގަންގައި ރޭ ހިނގި އެ ހާދިސާގައި އަމިއްލަޔަށް މަރުވި މީހާ އެހާ ބޮޑަށް މާޔޫސްވީ ޞިއްޙީ ފަރުވާގެ ބިލްތައް ބޮޑުވެދާނެތީއާއި އެހެންވެއްޖެ ނަމަ އެ ފައިސާ ނުދެއްކިދާނެތީ އެކަމުގެ ކަންބޮޑުވުމާ ވެސް އެކުގައެވެ.

އަނބި މީހާއާ އެކުގައި ދިރިއުޅެމުންއައި މި މީހާ ފުރަތަމަ ފަހަރަށް ކޮވިޑަށް ފައްސިވީ އަމިއްލަ ހޮސްޕިޓަލަކުން ޖަނަވަރީ ހަތްވަން ދުވަހު ކުރި ޓެސްޓެއްގެ ނަތީޖާއިންނެވެ. އެހާ ހިސާބުން ފެށިގެން ވެސް އޭނާ ގެންދިޔައީ އޭނާގެ މާޔޫސީކަން އޭނާގެ އަނބިމީހާއާ ހިއްސާކުރަމުންނެވެ. "ކޮވިޑް 19ގެ ބަލީގެ ވޭން ތަޙައްލުކުރުމަށް ވުރެ، މަރުވުން ވެސް މާ ރަނގަޅުވާނެ" ކަމަށް އޭނާ ބުނެފައިވެއެވެ. ދެވަނަ ފަހަރަށް ޖަނަވަރީ 18ގައި ކުރި ޓެސްޓުން އޭނާ ފައްސިކަމަށް ދެއްކުމާއެކު، އޭނާގެ އިދި ވިސްނުންތައް އޭނާގެ އަންހެނުންނާ ޙިއްސާކުރުން އިތުރުކުރިއެވެ. އަދި އޭނާވަނީ އޭނާގެ އަންހެނުން ގޮވައިގެން އިއްޔެ ބެންކަށް ގޮސް އޭނާގެ ބޭސްފަރުވާގެ ބިލުތަކަށް 40 ހާސް ރިންގިޓް ނަގައިފައެވެ. ދެން އެ ބިލްތައް އަދާކުރާން އޭނާއަށް އިލްތިމާސްކުރިއެވެ.

މި މާޔޫސްކަމާއެކު ރޭގެ ވަގުތެއްގައި އޭނާވަނީ ދަންޖެހިގެން އަމިއްލަޔަށް މަރުވެފައި ކަމަށް ޗީފް އެސިސްޓެންޓް ކޮމިޝަނަރ ރަޒާލީ އަބޫ ސަމާޙު ވިދާޅުވިއެވެ.

އެކި ކަންކޮޅުތަކުން ލިބޭ މަޢުލޫމާތަށް ބަލާއިރު ކޮވިޑް ޖެހޭ މީހުން ގިނައިން މަރުވަނީ އެ ބަލީގެ ޖަރާސީމުން ދޭ ޙަމަލާތައް ފިޔަވައި މާޔޫސީއާއި ނަފްސާނީ ގޮތުން މީހާ ބަލިކަށިވެ ދިމާވާ މައްސަލަތަކުގެ ސަބަބުންނެވެ. އެހެންކަމުން ކޮވިޑަށް ފައްސި ވިޔަސް މާޔޫސީ ވާންނުޖެހޭނެކަން ހަނަދާން ބަހައްޓާންޖެހެއެވެ. އަދި ކޮވިޑަކީ އެހެން ބޮޑު ބައްޔެއް ނެތްނަމަ، ނުވަތަ ހަށިގަނޑުގެ ދިފާޢީ ބާރުގަދަ ނަމަ، ކޮވިޑްގެ ސަބަބުން މާބޮޑު ނުރައްކަލެއް ނެތްކަމަށް ޞިއްޙީ މާހިރުން ޤާބޫލުކުރެއެވެ. އަދި އަބަދުވެސް ފޮތު މޫނުމަތި އަޅައިގެން އުޅެ، ދެ އަތްތިލަ ދޮވެގެން ނޫނީ އަނގައާއި ލޮލާއި ނޭފަތުގައި އަތް ނުލާނަމަ، އަދި ކެއުމުގެ ކުރީން ރަނގަޅަށް އަތް ދޮންނަ ނަމަ، ﷲގެ ވާގިފުޅާއެކު މި ބަލި ޖެހުމުގެ ފުރުޞަތެއް ނޯންނާނެކަން ހަނދާންކުރާންޖެހެއެވެ. (މަޢުލޫމާތު: ނިއު ސްޓްރެއިޓްސް ޓައިމް/ މެލޭޝިއާ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *