އއ. ބޮޑުފޮޅުދޫގައި ކުރިއަށް ގެންދިޔަ "ހޭވައްލާ މަހާސަމާ- 2020″ ގެ ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމުދީ، ކުޅިވަރު އީދުގެ ނިންމުން ރޭ ފާހަގަކޮށްފިއެވެ. ބޮޑުފޮޅުދޫ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާރުބީޖީ ސްޕޯޓްސް ކުލަބާއި ރަށު ކައުންސިލް ގުޅިގެން، ހުސްވި ޑިސެމްބަރ 16 ވަނަ ދުވަހު ފެށި ކުޅިވަރު ފެސްޓިވަލްގައި ތިން ކުޅިވަރަކުން ވާދަކޮށްފައިވެއެވެ. އެއީ ފުޓުސަލް އާއި ބަށި އަދި ވޮލީއެވެ. -ފޮޓޯ: އަބްދުﷲ ރިފާޒު/ އާރުބީޖީ ސްޕޯޓްސް