Support Us

ބޮޑުފޮޅުދޫ "ހޭވައްލާ މަހާސަމާ"ގެ ނިންމުން ފާހަގަކޮށްފި

އއ. ބޮޑުފޮޅުދޫގައި ކުރިއަށް ގެންދިޔަ "ހޭވައްލާ މަހާސަމާ-2020″ ގެ ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމުދީ، ކުޅިވަރު އީދުގެ ނިންމުން ރޭ ފާހަގަކޮށްފިއެވެ.

ބޮޑުފޮޅުދޫ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާރުބީޖީ ސްޕޯޓްސް ކުލަބާއި ރަށުކައުންސިލް ގުޅިގެން، ހުސްވި ޑިސެމްބަރ 16 ވަނަ ދުވަހު ފެށި ކުޅިވަރު ފެސްޓިވަލްގައި ތިން ކުޅިވަރަކުން ވާދަކޮށްފައިވެއެވެ. އެއީ ފުޓުސަލް އާއި ބަށި އަދި ވޮލީއެވެ.

ސޯލޯ ލޯބޯއާ ވާދަކޮށް، ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ވައިޕީ ސްޓާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވައިޕީ ސްޓާގެ އަލީ ޝާހެވެ. އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އަލީ ޝިނާޒް، (ޓެލެންޓޯ) އެވެ. މުބާރާތުގެ މޮޅު ފަސް ކުޅުންތެރިނަކީ އަލީ ޝާހުގެ އިތުރުން ހުސެއިން ނަވާޒް (ސޯލޯ ލޯބޯ)، އަހުމަދު ރިއުޝާން (ސޯލޯ ލޯބޯ)، އިބްރާހިމް ރަފްހާން (ވައިޕީ ސްޓާ)، ޔަޒްދާން އަލީ (އިޕީ ސްޓާ)އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ލިބިފައި ވަނީ ސޯލޯ ލޯބޯގެ ކޯޗު އާދަމް ޝަހީމަށެވެ.

ހޭވައްލާ މަހާސަމާ އަންހެން ވޮލީ މުބާރާތުގެ ޗެންޕިއަން ޓީމަކީ ސްޓްރޭންޖާސް އެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައި ވަނީ ސްޓްރޭންޖާސްގެ އިރުޝާދާ ހާލިދާއި އާރިފާ މުހައްމަދާއި ޒަމީރާ އިސްމާއިލްގެ އިތުރުން ނުގުޑާނެ ޓީމްގެ އަނޫޒާ މޫސާ އާއި އައިޝަތު ވިރާޝާގެ އިތުރުން ޤަފޫރާ އަބްދުﷲ އެވެ. އެންމެމޮޅު ކޯޗަކީ ސްޓްރެއިންޖާސްގެ އަންވަރު އަލީއެވެ.

ޕާކު ވޮލީ މުބާރާތުގެ ޗެންޕިއަން ޓީމަކަށް ހޮވުނީ "ޖަންތާ ގަރާޖް" އެވެ. ޕާކް ވޮލީ މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައި ވަނީ ޖަންތާގަރާޖް ޓީމްގެ ހަސަން ނާފިއު އަށެވެ. މޮޅު ހަތަރު ކުޅުންތެރިންގެ ޓްރޮފީ ލިބުނީ މޮހޮރޮ ޓީމްގެ އަންވަރު އަލީ އާއި ބަދަވިންސް ޓީމްގެ މޫސާ ރަޒީލްގެ އިތުރުން ޖަންތާގަރާޖް ޓީމްގެ އަލީ ޝަހީމް އަދި އެ ޓީމްގެ ހަސަން ނާފިއުއަށެވެ.

ބަށި މުބާރާތުގެ ޗެންޕިއަންކަން ހޯދީ އުޖާލާ ތަރި ޓީމެވެ. ބަށި މުބާރާތުގެ އެންމެ މޮޅު ހިފުންތެރިޔާގެ އިތުރުން ބަށިރާނީގެ މަގާމް ލިބުނީ އުޖާލާތަރި ޓީމްގެ ޝާހީމާ މުހައްމަދަށެވެ. އެންމެ މޮޅު ޖެހުންތެރިޔާގެ މަގާމު ލިބުނީ ހިތްވަރު ޓީމްގެ ޤަފޫރާ އަބްދުﷲ އަށެވެ. ބަށިމުބާރާތުގެ ރަނައަޕް ޓީމަކީ ހިތްވަރު ޓީމެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ފުޓްސަލްޓީމްގެ ކުޅުންތެރިޔާ އަދި އައްޑޫގައި 2020 ވަނަ އަހަރު ކުރިއަށް ގެންދިޔަ ވަގުތު ފުޓްސަލް މުބާރާތުގެ އެންމެމޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު "މުހައްމަދު ޝިރުޚާނަށް "ކެޕްޓަން މޯލްޑިވްސް"ގެ އެމްބެސެޑަރުކަން ހަވާލު ކުރުންވެސް ރޭގެ ހަފުލާގައި އޮތެވެ. ކެޕްޓަން މޯލްޑިވްސްގެ އެދުމާއެކު އެމްބެސެޑަރުކަން ހަވާލުކޮށްދެއްވީ އާރުބީޖީ ސްޕޯޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމެވެ.

ނަސީމް ވިދާޅުވީ 2020 ވަނަ އަހަރުގެ ހަރަކާތްތައް ނިންމާލެވުނީ 2021 އަހަރުން ވެސް ދެތިން ދުވަސް ލައިގެން ކަމަށާއި އުންމީދު ކުރި ވަރަށްވުރެވެސް ރަނގަޅަށް ކުލަބުގެ ހަރަކާތްތައް މިދިޔަ އަހަރު ހިންގިއްޖެ ކަމަށެވެ. އަދި 2021 ވަނަ އަހަރަކީ ކުލަބާއި ރަށަށް އެކިއެކި ދާއިރާތަކުން ކުރިއެރުން ހޯދައިދޭން މަސައްކަތް ކުރަން ޖެހޭނެ އަހަރެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އާރުބީޖީ ހަރަކާތްތަކަށް ބޮޑުފޮޅުދޫ ކައުންސިލުން ދިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެވިއެވެ.

ފޮޓޯ ގެލެރީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *