Support Us

ވެލިދޫގައި ތައްޔާރުކުރާ މުރަނގަފަތު ބަތް ނުވަތަ 'އައުލާދު ބަތް': ފޮޓޯ: ހުމަދު/ޓްވީޓަރ

އަދިވެސް ބަދިގެ: "ވެލިދޫ އައުލާދު ބަތް" ރަހަ ބެލިންތަ؟

ނ. ވެލިދޫގައި ތައްޔާރުކުރާ މުރަނގަފަތު ބަތް ނުވަތަ އެރަށު ބައެއް މީހުން ކިޔައި އުޅޭ ގޮތުންނަމަ 'އައުލާދު ބަތް' ތައްޔާރުކުރާ ގޮތް އަޅުގަނޑަށް ކިޔައިދިނީ އެރަށުގެ ރައްޔިތެއް ކަމުގައިވާ ނަޒީރާ އިބްރާހިމެވެ. "ކުރީ ޒަމާނުގައި މުރަނގަފަތުގެ ބަތް ކައްކާނީ ކޮންމެ ހޮނިރު ދުވަހަކު، ހުރިހާ އަވަށްޓެރިން ބައިވެރިވެގެން. ކައްކައިގެން، ކައިގެން މޫދަށް ދާނީ،" ނަޒީރާ މައުލޫމާތު ދެއްވިއެވެ.

ބޭނުންވާތަކެތި:

މުރަނގަފަތް

ލޮނު

ބިލަތް ހުނި

ކާށި ހުނި

ތައްޔާރުކުރާނެ ގޮތް:

ތާޒާ މުރަނގަފަތް ރީއްޗަށް ދޮވުމަށްފަހު ތަނޑި ނައްޓާށެވެ. ފެންއެއްޗެއް ކައްކަން އުނދުމަށްފަހު އޭގެ އެތެރެއަށް މުރަނގަފަތް އަދި ބިލެތް ހުނިކޮޅެއް އަޅާ ކައްކާށެވެ. ފަތް ކެކުނީމަ ފެންއަޅާ ފަތްތައް ދޮވެލާށެވެ. އެއަށްފަހު ފަތުން ގުޅަ ހެދުމަށްފަހު އެގުޅަތައް ކޮށާށެވެ.

އާދައިގެ ބަތް ކައްކާ ގޮތަށް ހަނޑޫ ދޮވެ ލޮނު އެޅުމަށްފަހު ބަތްކައްކަން އުނދާށެވެ. ބަތްގަނޑު ކެކެން ފެށުމުން ކާށި ހުނި އަޅާށެވެ. ކާށި ހުނި އަޅާނީ ކޮންމެ 4 ޖޯޑު ހަނޑުލަށް 1 ކާށީގެ ހުންޏެވެ. ބަތް ކެކެން ކައިރިވުމުން ކޮށާފައި ހުރި ފަތްތައް އަޅާށެވެ. ކުޑަކޮށް ތެތްކޮށް ހުންނަ ވަރަށް ބަތް ކެކުމުން އުނދުންމަތިން ބާލާށެވެ.

މުރަނގަފަތުގެ ބަތް ކައިއުޅެނީ ރިހާކުރާއި ރިހާކުރު ބޮނޑި، ލޮނުމިރުސް އަދި ލުނބޯގެ އިތުރުން ފިޔައާ އެކުގައެވެ. މިއީ ވެލިދޫ މީހުން ވަރަށް ފޯރީގައި ކައްކާ ކެއުމެއްކަން ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކުން ވެސް ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *