Support Us

އަދިވެސް ބަދިގެ: ބިސްކޯދު ޕުޑިން ވަރަށް މީރުވާނެ

ބިސްކޯދު ޕުޑިން އެކި މީހުން ތައްޔާރުކުރަނީ އެކި ގޮތަށްކަން ފާހަގަކުރެވެއެވެ. މިފަހަރު މި ގެނެސްދެނީ ބިސްކޯދު ޕުޑިން އަޅުގަނޑު ތައްޔާރުކުރާ ގޮތުގެ ތަފްސީލެވެ. މިގޮތަށް ތައްޔާރު ކުރުމުން ކުޑަކުދިންނަށް ވަރަށް މީރުކަން ފާހަގަކުރެވެއެވެ.

ބޭނުންވާތަކެތި:

ގެރިކިރު (ދަޅުގެ އެއްބައި)

މާރީބިސްކޯދު (1 ޕެކެޓް)

3 ސަމްސާ ކޮކޯ ޕައުޑަރު

1 ޓޮބްލެރޯން (ބޮޑު)

1 އަންސޯލްޓެޑް ބަޓަރު ތަށި (ކުޑަ)

2 ސަމްސާ ކޯސްޓްކިރު

 

ތައްޔާރުކުރާނެ ގޮތް:

ތަވައަށް ބަޓަރު އަދި ޗޮކްލެޓް އެޅުމަށްފަހު މަޑު ގިނީގައި ކައްކާށެވެ. ކޮކޯޕައުޑަރު ބައިޖޯޑު ފެނަށް އަޅާ އެއްކުރުމަށްފަހު ތަވައަށް އަޅާށެވެ. އަދި ގެރިކިރު އަޅާ މަޑުގިނީގައި ކުޑައިރުކޮޅަކު ކެއްކުމަށްފަހު އުނދުންމަތިން ބާލާށެވެ. ކޮކޯޕައުޑަރ ކްރީމް ހުންނަންވާނީ އޮލަކޮށެވެ.

ކޯސްޓްކިރު ފެންތައްޓަކަށް އަޅާ ގިރާށެވެ. އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮށްގެން ކެއްކި ކޮކޯޕައުޑަރު ކްރީމް ސަމްސާ އަކަށް ވާވަރަށް ނެގުމަށްފަހު ޓްރޭއެއްގައި ހާކާށެވެ. މާރީބިސްކޯދު ކޯސްޓް ކިރަށް އެޅުމަށްފަހު ޓްރޭގައި އަތުރާށެވެ. އެތުރި ބިސްކޯދުގެ މަތީގައި ކޮކޯޕައުޑަރު ކްރީމް ހޭކުމަށްފަހު އަނެއްކާވެސް ބިސްކޯދު އަތުރާށެވެ. މިގޮތަށް ތިނެއް ނުވަތަ ހަތަރު ފަށަލައަށް ވާގޮތަށް ބިސްކޯދު އަތުރާ އަދި ކޮކޯ ޕައުޑަރު ކްރީމް އަޅާށެވެ. ބޭނުން ވައްތަރެއްގެ ނަޓްސް އެންމެ މަތީގައި އެތުރުމަށްފަހު ފިނިކުރަން އައިސް އަލަމާރީގައި 3 ގަޑިއިރު ބަހައްޓާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *