ބޭނުންވާ ތަކެތި:
4 ދޮންކެޔޮވައް
½ ޖޯޑު ހަކުރު
2 ސަމްސާ ކާށިހުނި
1 ސަމްސާ ބޭކިން ޕައުޑަރ
ވެނީލާ އެސެންސް
1 ބިސް
½ ޖޯޑު ފުށް
ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ދޮންކެޔޮވައް ތޮށި ނެއްޓުމަށްފަހު ރަނގަޅަށް ހިމުން ކޮށްލާށެވެ. ހަކުރު، ބިސް، އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ފުށް، އެސެންސް، ކާށިހުނި އަޅައިގެން މަޑުމަޑުން އެއްކުރާށެވެ. ހުރިހާ ބާވަތެއް ރަނގަޅަށް އެއްކުރެވުމުން ބޭކިން ޕައުޑަރ އަޅާށެވެ. ތަވާ އުނދުންމައްޗަށް އުދާލުމަށްފަހު ތެޔޮ އަޅާށެވެ. ތައްޔާރުކުރި ދޮންކެޔޮ ފުށްގަނޑުން ފަހަރަކު އެއް ސަމްސާ އަށް ވާވަރަށް ނެގުމަށްފަހު ތެޔޮއެއްޗައް އަޅާ ތެލުލާށެވެ.
ދޮންކެޔޮ ކަޖުރު ތައްޔާރު ކުރާއިރު ހުނިކޮޅެއް އެޅުމުން ދޮންކެޔޮ ކަޖުރު ވަރަށް މީރު ކަމަށް ގިނަ ބަޔަކު ބުނެއެވެ.