...

Support Us

އަދިވެސް ބަދިގެ: ހަކުރުލީ ކުޅި ބޮނޑިބަތް

ބޭނުންވާތަކެތި:

ހަނޑޫ

ހަކުރު

ދިވެހި ހަކުރު

ރާނބާފަތް

ހުވަނދުމާ ފެން

އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

ހަނޑޫ ރަނގަޅަށް ދޮވެލާށެވެ. ތެއްޔަކަށް ފެން އެޅުމަށްފަހު ކައްކަން އުދާށެވެ. ކެކެންފެށީމަ ހަނޑޫ އަޅާ މަޑުވަންދެން ކައްކާށެވެ. ކައްކާއިރު ތެލީގައި އަބަދުވެސް ފެން ހުންނަވަރަށް ފެން އަޅަމުންދާށެވެ. އަދި ދޭފަތުން މަޑުމަޑުން އެއްކުރަމުން ދާށެވެ. މަޑުވުމުން އުނދުނުން ބޭލުމަށްފަހު، ފުށް ނުގިރޭ ގޮތަށް ފެންއަޅާ ދޮވެލާށެވެ. އަދި އެއަށްފަހު ފެން ފުރޭނުމަށްފަހު ތާހަށް އަޅާށެވެ.

އަސޭމިރުސް އަވީގައި އިރުކޮޅަކު ބެހެއްޓުމަށްފަހު ހިމުން ކޮށްލާށެވެ. ހަކުރު އަޅާނީ ކޮންމެ ބަތް ޖޯޑަކަށް އެއް ޖޯޑު ހަކުރެވެ. ހަކުރު މަޑުގިނީގައި ދޭފަތުން އެއްކުރަމުން ކައްކާށެވެ. އެއަށްފަހު ރާނބާފަތް، ބަތް، އަސޭމިރުސް އަދި ދެވައްތަރު ހަކުރު އަޅައިގެން ބޮނޑިބަތް ކައްކަން އުދާށެވެ. ބޮނޑިބަތް ކައްކަމުންދާއިރު ދޭފަތުން އެއްކުރަމުންދާނީ ފުށް ނުގިރޭނެ ގޮތަށް މަޑުމަޑުންނެވެ. ބޮނޑިބަތްގަޑު ކެކެން ކައިރިވުމުން ހުވަނދުމާ ފެން ފޮދެއް އެޅުމަށްފަހު ކައްކާ ނިމުމުން އުނދުން މަތިން ބާލާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *