ބޭނުންވާތަކެތި:
ފުށް
ގަބުޅި
ދިވެހި ހަކުރު
ހުވަނދުމާ ފެން
ތައްޔާރު ކުރާނެގޮތް:
ގަބުޅި ހުންޏާއި ދިވެހި ހަކުރު އަދި ހުވަނދުމާ ފެން އެއްކުރުމަށްފަހު މަނޑުގިނީގައި ކައްކާށެވެ. ހުނިގަނޑު ރަނގަޅަށް ކެކުމުން ފިނިވަންދެން ބަހައްޓާށެވެ. ހުނިގަނޑު ފިނިވުމުން އޭގެ އެތެރެއަށް ފުށް އަޅާ އެއްކުރާށެވެ. އެއަށްފަހު ފުށް އަޅާ ތައްޔާރުކުރި ގަބުޅި ހުނިގަނޑު ކެޔޮފަތުގެ އެތެރެއަށް އަޅާ ބޮނޑި ހަދާށެވެ. ގަބުޅި ހުނިގަނޑު އަޅާނީ ދެކޮޅުން އެއްސޭހާ ޖާގަ ބެހެއްޓުމަށްފަހުއެވެ. އަދި އެއަށްފަހު ހުރިހާ ބޮނޑިއެއްގެ ދެކޮޅު ރަނގަޅަށް އެއްސުމަށްފަހު ފެންތެއްޔަކަށް އަޅާ ކައްކާށެވެ. ކެކުމުން ހުރިހާ ބޮނޑިތަކެއް ނެގުމަށްފަހު ދުމަށީގައި ނުވަތަ ތަވާގައި ބަހައްޓައިގެން ހިއްކާށެވެ. ހިކުނީމަ ބޮނޑީގެ ކުލައަށް ބަދަލު އައިސް ހަރުވާނެއެވެ.