ބޭނުންވާތަކެތި:
02 ޖޯޑު ފުށް
02 ބިސް
01 މޭޒުމަތީ ސަމްސާ އީސްޓް
01 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ
½ ސައިސަމްސާ ލޮނު
01 މޭޒުމަތީ ސަމްސާ ހަކުރު
ފެން
ތައްޔާރު ކުރާނެގޮތް:
ފެންތައްޓެއްގެ އެތެރެއަށް އީސްޓް އަޅައިފައި ބަހައްޓާށެވެ. ބިސް، ހަކުރު، ލޮނު، ބޭކިންގ ޕައުޑަރ، ފުށާއި އެއްކުރުމަށްފަހު އީސްޓް އަޅައިގެން މޮޑެލާށެވެ. ފުށްގަނޑު ރަނގަޅަށް މޮޑެވުމުން މަތިޖެހި ތައްޓަކަށް އަޅައިފައި އެއް ގަޑިއިރު ވަންދެން ބާއްވާށެވެ.
ފުށްގަނޑު ރަނގަޅަށް ފުފުމުން ކުދިކޮށް ގުޅަ ކެނޑުމަށްފަހު ރޮށްޓަށްވުރެ ބޯކޮށް ދަމާލާށެވެ. ތެލުލަން ބޭނުންވާނަމަ ތަވާއަށް ތެޔޮ އަޅައިފައި ކެކެންފެށުމުން ތެލުލާށެވެ. ތެލުލައިގެން ކާން ބޭނުންނުވާ ފަރާތްތަކަށް ފިހެގެންވެސް ކެވިދާނެއެވެ.
"އައްޑޫ ފޮޅި" އެންމެ މީރީ ކުކުޅުރިހައާ އެކީގައެވެ.