ބޭނުންވާތަކެތި:
02 ކެރެޓް 1 ފިޔާ
½ ކެބެޖް 02 ލޮނުމެދު
2 އަލުވި 1 ހިކަނދިފަތް
8 ބީންސް 1 ގިތެޔޮމިރުސް
½ ބަޓާނާ 02 ހިކިމިރުސް
1 ކައްޓަލަ ލޮނު
2 ޓޮމާޓޯ 1 ދަޅު ޓޮމާޓޯ ޕޭސްޓް
1 މަސްދަޅު ވަޅޯމަސް
ތެޅި މިރުސް މުގުރި އަސޭމިރުސް
ތައްޔާރު ކުރާނެގޮތް:
ތަރުކާރީގެ ހުރިހާ ބާވަތެއް ކުދިކޮށް ކޮށާށެވެ. އެއަށްފަހު އޭގެ އެތެރެއަށް ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް، ހިކިމިރުސް އަދި ވަޅޯމަސް، ލޮނު އަޅާ ހުރިހާ ބާވަތެއް އެއްކުރުމަށްފަހު ތަވައަށް ކުޑަ ތެޔޮފޮދެއް އަޅާ މަޑުގިނީގައި ކައްކާށެވެ. ތަރުކާރީ މަޑުވާން ކައިރިވުމުން ދަޅުމަހާއި ޓޮމާޓޯ ޕޭސްޓް އަޅާށެވެ. އަދި ކުޑަ ތެޅިމިރުސްކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާ ރަހަ ހެޔޮވަރުކުރުމަށްފަހު އުނދުންމަތިން ބާލާށެވެ. މިގޮތަށް ތަރުކާރީ ތައްޔާރުކޮށްގެން ރޮށި ނުވަތަ ފަރާޓާއާ އެކީ ކާންވެސް މީރުވާނެއެވެ.