Support Us

ގޮޅަ ރިހާ ކައްކަން ތައްޔާރުކޮށްފައި -ފޮޓޯ: އާމިނަތު އަބްދުﷲ/އިންސްޓާ

އަދިވެސް ބަދިގެ: ލ. އަތޮޅުގެ މަޝްހޫރު "ގޮޅަ" ރިހަ ކޭމުތަ؟

ބޭނުންވާތަކެތި:

02 ފަރުމަސް   02 ގިޔެތޮމިރުސް

04 ފިޔާ      ރާނބާފަތް

04 ލޮނުމެދު    03 ކާށީގެ ކިރު

2 ހިކަނދިފަތް   ލޮނު

ދިވެހި ހަވާދު    1 އިންޗީގެ ރޯއިނގުރު

ތެޔޮފޮދެއް      2 ދަޅު ޓޮމާޓޯ ޕޭސްޓް

ގޮޅަ ރިހާ ކައްކާ ނިމިފައި -ފޮޓޯ: އާމިނަތު އަބްދުﷲ/އިންސްޓާ
ތައްޔާރު ކުރާނެގޮތް:

ފަރުމަހުގެ ހަންގަނޑު ނެއްޓުމަށްފަހު ސަމްސަލެއް ބޭނުންކޮށްގެން މަސް ކަހާށެވެ. ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް، ހިކަނދިފަތް، ލޮނު، އަދި އިނގުރުކޮޅެއް ދިވެހި ހަވާދާ އެއްކުރުމަށްފަހު ހިމުން ކުރާށެވެ. ހިމުންކުރި ހަވާދުގަނޑުގެ އެތެރެއަށް ކަހާފައި ހުރި ފަރުމަސް އެއްކުރުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އަދި އެއަށްފަހު އެމަހުން ގުޅަހަދާށެވެ.

ރިހަ ކެއްކުމަށްޓަކައި، ތެލި އުނދުން މައްޗަށް އުނދާފައި ތެޔޮފޮދެއް އެޅުމަށްފަހު ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް އަދި ހިކަނދިފަތް، ރާނބާފަތް އަޅާށެވެ. ފިޔާގެ ކުލައަށް ބަދަލު އައުމުން ޓޮމާޓޯ ޕޭސްޓް އެޅުމަށްފަހު އޭގެ އެތެރެއަށް ދިވެހި ހަވާދު އަދި ކާށިކިރު އަޅާ ކައްކާށެވެ. ކެކެންފެށުމުން ފަރުމަހުން ތައްޔާރުކުރި ގުޅަމަސް އަޅާ ރޯފިލަންދެން މަޑުގިނީގައި ކައްކާށެވެ. ކައްކާނިމެން ކައިރިވުމުން ބޯކިރު އެޅުމަށްފަހު އުނދުންމަތިން ބާލާށެވެ.

ލ. އަތޮޅުގެ މަޝްހޫރު "ގޮޅަ" ރިހަ، ލ. އަތޮޅުގެ އެކި ރަށްރަށުގައި ތަފާތު ގޮތްގޮތަށް ކައްކާކަން ފާހަގަކުރެވުނެވެ. މިގޮތުން ބައެއް މީހުން ގުޅަމަސް ތައްޔާރުކުރުމަށް ލޮނުމިރުސް ބޭނުންކުރާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *