...

Support Us

ހާޓް އެޓޭކެއް ޖެހި މަރަޑޯނާ މަރުވެއްޖެ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ތަރި ޑިއޭގޯ މަރަޑޯނާ ހާޓްއެޓޭކެއް ޖެހި މިއަދު މަރުވެއްޖެއެވެ.

އުމުރުން 60 އަހަރުގެ މަރަޑޯނާ މަރުވީ، ސިކުނޑީގެ ނާރެއް ބެދިގެން ބޮޑު އޮޕަރޭޝަނެއް މި މަހު ކުރީކޮޅު ކޮށް ނޮވެމްބަރު 11 ގައި ހޮސްޕިޓަލުން ދޫކޮށްލުމުން، ގޭގައި ހުއްޓައެވެ.


ވޯލްޑްކަޕް ތަށި 1986 ވަނަ އަހަރު އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން، އެ މުބާރާތުން އިންގްލެންޑް ކަޓުވާލުމަށް އަތުންޖެހި އާދަޔާޚިލާފު ގޯލް ވެގެން ގޮސްފައި ވަނީ އެކަމުގެ ބަހުސް އަދިވެސް ހުއްޓުމެއްނެތި ކުރެވެމުންދާ ގޯލަކަށެވެ.


ދުނިޔޭގެ ފުޓުބޯޅައިގެ މެދުއުޑުގައި ފިޔަޖަހަމުންދިޔަ މަރަޑޯނާ މަސްތުވާ އެއްޗިއްސަށް ދެވިހިފުމާ ގުޅިގެން ތަފާތު ފަހަރުމަތިން ވަނީ ފަރުވާދީފައެވެ.


މަރަޑޯނާ މަރުވުމާ ގުޅިގެން ތިން ދުވަހުގެ ރަސްމީ ހިތާމަފާޅުކުރުމެއް އާޖެންޓީނާގައި ބާއްވަން ވަނީ ހަމަޖައްސައިފައެވެ.


މަރަޑޯނާ މަރުވުމާ ގުޅިގެން، އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވެސް ވަނީ ހިތާމަފާޅުކުރައްވައި ޓްވީޓެއް ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *