Support Us

އައްޑޫ ސިޓީ މީދޫ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ރެކްރިއޭޝަނަށް

އައްޑޫ ސިޓީ މީދޫގައި ކުރިޔަށްދިޔަ އަންހެނުންގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ރެކްރިއޭޝަންގެ ޓީމު ހޯދައިފިއެވެ.

މީދޫ ކުޅިވަރު އެރީނާ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗްގައި ޕޮލިސް ރެކްރިއޭޝަން ކްލަބްގެ ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ 35- 24 އިން ހުޅުދޫ ޔޫތު ޓީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޕޮލިސް ރެކްރިއޭޝަން ޓީމްގެ ގޯލް ޑިފެންޑަރ ފާތުމަތު ނަބީލާއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޝަރީފީ ޕްރީ ސްކޫލްގެ ހުދު ހުދު ޓީމަށް ކުޅުނު ޤައުމީ ނެޓްބޯޅަ ޓީމްގެ ކުޅުންތެރިޔާ އާމިނަތު ރަބާބް އިބްރާހިމެވެ. ފެއާރ ޕްލޭ ކުޅުން ތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ރެކްރިއޭޝަން ޓީމްގެ ފާތުމަތު ނަބީލާ އެވެ. ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހުދުހުދު ޓީމެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހުދުހުދު ޓީމްގެ އިމްނާ އިނާޔަތު ﷲ ހޮވިފައިވާއިރު އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޕޮލިސް ރެކްރިއޭޝަން ޓީމްގެ އިޒްމީ ނިޒާރެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުންތެރިންނަށް ހޮވިފައިވަނީ ޕޮލިސް ރެކްރިއޭޝަން ޓީމުން ޝާމިލާ ޢަބްދުލް މަޖީދާއި ފާތުމަތު ޖޫޒާން ޒަރީރާއި ފާތުމަތު ރިޝާ އާއި ހުޅުދޫ ޔޫތު ސެންޓަރުގެ ޓީމުން އަމީޝާ ޢަބްދުލް ސަލާމާއި ސަވާ އިބްރާހިމާއި ހުދުހުދު ޓީމުން އާމިނަތު ރަބާބް އިބްރާހިމް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޓީމުން ޝިފްނާ ޢަބްދުލް ނަޖީދެވެ.

މުބާރާތުގައި ބައިވެރިވި ނުވަ މުއައްސަސާއަށް މީދޫ އެކުވެރިންގެ ޗޭނުގެ ފަރާތުން ހަނދާނީ ފިލައެއްވެސް ވަނީ ދީފައެވެ.

މި މުބާރާތަކީ އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމްޢިއްޔާއިން "އެމް.އީ.ސީ ބަދަހި ކަޕް 2020”ގެ ނަމުގައި އިންތިޒާމްކޮށް، ހުޅުދޫ މީދޫ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫޙު ދިރުވައި، ހުޅުދޫ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ހުޅުވާލުމާއި، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް ކުޅިވަރުގެ ރޫޙު އާލާ ކުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *