އެނޫރުން ވިދާލީ ބިމާ އެކު މި ޖައްވާ
ފަޒާޔާ ކަނޑާ ވައި އެކީ ދަރުމަޔާ
ޒަމާން ދިޔަ އެ ފަސްދީ އަމާން ކޮށްފި ބަސްތީ
އެ މޫސުމް ގެނައި ވައި އެކީ ދަރުމަޔާ
މަތީ ތަޚުތު ގައި އިންނަވާ އިރު އެ ރާޖާ
އޮތީ ގުޅެވިފާ ޣައިރު ދީނޭ މިޒާޖާ
ފަހުން ވެއްޖެ އިސްލާމް ރަހާ ރައްޔިތުންނާ
ނަސީބެއް ހިނދުން އައި އެކީ ދަރުމަޔާ
ތަނަށް ރަންނަމާރީ އަކާ އެރި ދިމާވީ
ކަނޑަށް ފެއްތެވީ ބަރުބަރީ އޭ ރިވާވީ
ފުލޯކެއް ފިލީ ދެން އެކީގާ ޒަމާނާ
މިމާތް ރަޙުމަތުން އައި އެކީ ދަރުމަޔާ
ޚުރާފާތުގައި ހައިބަނޑާ ތިބެވުނީއޭ
ފުރާނައިގެ ކާނާ އަކީ މީރު މީއޭ
ތަނާ މުޅި މަސާނާ އެ ރަހަމީރު ކާނާ
ވަނީ އަދު ފުރާލައި އެކީ ދަރުމަޔާ