Support Us

ކޮލެސްޓްރޯލް މާ މަތިތަ؟ ހިނގުމަކީ ރަނގަޅު ފަރުވާއެއް

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

ކޮލެސްޓްރޯލާ ބެހޭ ގޮތުން ތަފާތު އެކި ކަހަލަ ވާހަކަތައް ދެކެވުނު ކަމުގައިވީ ނަމަވެސް ކޮލެސްޓްރޯލަކީ ހަޤީޤަތުގައި ހަށިގަނޑަށް ބޭނުންތެރި އެއްޗެކެވެ. ކޮލެސްޓްރޯލް ހުންނަނީ ހަމައެކަނި ލޭގައެއް ނޫނެވެ. ހަށިގަނޑުގެ ހުރިހާ މަސްތަކެއްގައި ވެސް ކޮލެސްޓްރޯލް ހުރެއެވެ. ހަށިގަނޑުގައި ދައުރު ކުރާ ލޭގައި ހިމެނޭ ކޮލެސްޓްރޯލްގެ ބޮޑު ބައެއް އުފައްދަނީ ހަށިގަނޑުގެ ތެރޭގައެވެ. އެހެންނަމަވެސް އަހަރެމެން ކާ ކާނާގައިވެސް ކޮލެސްޓްރޯލް ހުރެއެވެ.

ކޮލެސްޓްރޯލް ހަށިގަނޑުގައިވާ ލޭގައި ދައުރުކޮށްދެނީ 'ލިޕޯ ޕްރޯޓީން' ކިޔާ މާއްދާއަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 'ހައި ޑެންސިޓީ' (އެޗް.ޑީ.އެލް) ނުވަތަ ބަރު މާއްދާއަކާއި 'ލޯ ޑެންސިޓީ' (އެލް.ޑީ.އެލް) ނުވަތަ ލުއި މާއްދާއެކެވެ. 'އެޗް.ޑީ.އެލް' އަކީ ހަށިގަނޑަށް ފައިދާ ހުރި 'ރަނގަޅު' ކޮލެސްޓްރޯލްއެވެ. އަދި 'އެލް.ޑީ.އެލް' އަކީ 'ނުރަނގަޅު' ކޮލެސްޓްރޯލްއެވެ. ހަށިގަނޑުގައި 'އެޗް.ޑީ.އެލް' ގިނަވުމުން ހިތުގެ ބަލިތަކުން ސަލާމަތްކޮށްދެއެވެ. ހަށިގަނޑުގައި 'އެލް.ޑީ.އެލް' ގިނަވުމުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

ކަސްރަތާ ބެހޭ ފިޒިއޮލޮޖިސްޓުން ބުނާގޮތުގައި ކަސްރަތަށް ވާގޮތަށް ޤަވާއިދުން ހިނގުމަކީ ލޭގައި 'ރަނގަޅު' ކޮލެސްޓްރޯލް 'އެޗް.ޑީ.އެލް' އިތުރުކޮށްދީ ހިތުގެ ބަލިތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. ހަށިގަނޑުގައި 'އެޗް.ޑީ.އެލް' އިތުރުކުރުމަށްޓަކައި ދިރިއުޅުމަށް ގެންނަންޖެހޭ މުހިއްމު ބަދަލަކީ ކަސްރަތުކުރުމެވެ. މިގޮތުން އެންމެ ރަނގަޅު އެއް ކަސްރަތަކީ ހިނގުމެވެ.

ހަށިގަނޑުގައިވާ ކޮލެސްޓްރޯލްގެ ޖުމްލައަށް ބަދަލު ގެނެސްދޭ އަނެއް ކަމަކީ ކާނާއެވެ. ކާއެއްޗެހީގެ ތެރޭގައި ކޮލެސްޓްރޯލް ހުންނަނީ ދިރޭ އެއްޗެހިން ލިބޭ ކާނާގައެވެ. އެއީ ގެރިމަސް، ކުކުޅު ބިސް، ބަޓަރު، ޗީޒް ކަހަލަ އެއްޗެހީގައެވެ. ކޮލެސްޓްރޯލް ހިމެނޭ ކާނާ ބޭނުންކުރުމުން ހަށިގަނޑުގައިވާ ކޮލެސްޓްރޯލް އިތުރުވެއެވެ. އެހެންކަމުން ކޮލެސްޓްރޯލް ހިމެނޭ ބާވަތްތައް ކެއުން މަދުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކަންތައްތަކާ ވިސްނައި ފިކުރު ބޮޑުވެ، ކަންބޮޑުވުމުންވެސް ހަށިގަނޑުގައި ކޮލެސްޓްރޯލް އިތުރުކޮށްދެއެވެ. ކަންތައްތަކާ ކަންބޮޑުވުމުން ޗިސްމޭގައި ހުންނަ ހަކުރު، ހަށިގަނޑުގެ މަސްތަކަށް ހަކަތަ ދިނުމަށްޓަކައި، ލޭ ދައުރުކުރާ ނިޒާމަށް ދޫކޮށްލައެވެ. މިގޮތަށް ދޫކުރާއިރު އޭގެތެރޭގައި ވަރަށް ގިނަ އަދަދަކަށް ކޮލެސްޓްރޯލް ވެސް ހުންނާނެއެވެ. އެހެންކަމުން ކަންބޮޑުވެ، ފިކުރުބޮޑުވާން ފެށުމުން ކަސްރަތަކަށް ހިނގާލަންދާށެވެ.