...

Support Us

ވާވޭއާ އެކު ވިޔަފާރިކުރަން ބައެއް ކުންފުނިތަކަށް ހުއްދަދީފި

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އަށް ދަތިކުރަން އެމެރިކާއިން ކުރި މަސައްކަތްތަކުން، އުންމީދުކުރި ވަރުގެ ގެއްލުމެއް – އުންމީދުކުރި މުއްދަތުގައި ލިބޭތީ ނުފެނުނެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ – ވާވޭގެ ގޮފިތަކުން ކުރިފަޅައި ހެދެމުންދާ ތަނެވެ.

ވާވޭއާ އެކު ވިޔަފާރިކުރުން، އެމެރިކާ ކުންފުނިތަކަށް މަނާކުރީ – އިއާދަކުރަން ދަތި ގެއްލުންތަކެއް ވާވޭ އަށް ދިނުމަށެވެ. އެހެން ނަމަވެސް، ކަން ހިގައި ދިޔައީ އެމެރިކާއިން އަންދާޒާކުރި ގޮތަށް ނޫނެވެ. ވާވޭއާ އެކު ވިޔަފާރިނުކުރުމުން އެމެރިކާ ކުންފުނިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މި ގެއްލުންތައް ފޫބެއްދުމަށް، ވާވޭއާ އެކު ވިޔަފާރިކުރުން އެމެރިކާގެ ބައެއް ކުންފުނިތަކަށް – ވަކި ޝަރުތުތަކަކާ އެކު މިހާރު ވަނީ ހުއްދަކޮށްފަ އެވެ.

އެމެރިކާއިން މައިގަނޑު ގޮތެއްގައި ޝަރުތުކުރަނީ 5ޖީ ޓެކްނޮލޮޖީ އާއި ނެޓްވޯކިން އާ ގުޅުން އެއްވެސް ޓެކްނޮލޮޖީއެއް ވާވޭއެއް ނުވިއްކުމެވެ. އަދި ސްމާޓްފޯންތަކަށް ބޭނުންވާ ޗިޕް ވިއްކުމުގައި ވެސް، އެންމެ ފަހުގެ ޓެކްނޮލޮޖީ ނުވިއްކުމަށެވެ. އެހެންކަމުން، ބާރުގަދަ ޗިޕްތައް ވާވޭ އަށް ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.

އެމެރިކާއިން ހުށަހެޅި ޝަރުތުތަކަށް ބޯލަނބައި ވާވޭއާ އެކު ވިޔަފާރިކުރަން ހުއްދަ އަށް އެދުނު ކުންފުނިތަކުގެ ތެރޭގައި – އެމެރިކާއިން މަދަދުދޭ ކުންފުނިތަކާއި އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރާ ކުންފުނިތައް ހިމެނެވެ އެވެ. އޭގެ ތެރޭގައި "ޓައިވާން ސެމީކޮންޑަކްޓާ މެނޫފެކްޗަރިން ކޮމްޕެނީ"، އޭއެމްޑީ، އޮމްނިވިޝަން، ސެމްސަންގް، ސޮނީ، ކުއަލްކޮމް އަދި މީޑިއާޓެކް ހިމެނެ އެވެ. ފައިނޭންޝަން ޓައިމްސް ބުނާ ގޮތުގައި ވާވޭއާ އެކު ވިޔަފާރިކުރަން ހުއްދަ އަށް އެދި 300 އަށް ވުރެ ގިނަ ކުންފުނިން ވަނީ ހުށަހަޅާފަ އެވެ.

ފައިނޭޝަން ޓައިމްސްގެ ރިޕޯޓް ކިޔާލުމުން ދޭހަވަނީ، ވާވޭ އަށް ދަތިކުރަން އެމެރިކާއިން ކުރާ މަސައްކަތްތަކުން ގެއްލުން ލިބޭ ކުންފުނިތައް ގިނަ ކަމެވެ. މިކަމުން ހިތާމަކުރަންޖެހިފައި ވަނީ ވާވޭ އަށް އެކަނި ނޫން ކަމެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *