...

Support Us

ސެމްސަންގް ގެލަކްސީ އެސް21 – ޗާޖަރާއި އިއާފޯނާ ނުލައި

ސެމްސަންގް ގެލަކްސީ އެސް21 ނެރެން އަދި ވަކި ދުވަހެއް ކަނޑައެއް ނާޅަ އެވެ. އެ ތާރީޚާ ބެހޭ ގޮތުން އޮއްޓަރު ހުރި ބުނުމަކީ – ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ ޖެނުއަރީގައި ކަމަށް ބުނުމެވެ.

އެސް21 ނެރޭ ތާރީޚް ބޯމަތިވަމުން އަންނައިރު، ސްމާޓްފޯން ސިނާއަތުގައި، އަޑުއަހާލަން ކަމުދާ – ސިޔާސަ ކަންތައްތަކެއް ވެސް ހިނގަމުން އެބަ ދެވެ.

އައިފޯނުން "3.5އެމްއެމް" ޖެކް ނައްތާލުން ބަޔަކަށް ވީ ބޮޑު މަޖަލަކަށެވެ. އެ ކަމަށް ޖޯކުޖަހައި މަލާމާތްކުރި މީހުން، އެންމެފަހުން އެ މަޅީގައި ޖެހި ވާހަކަ ނިމިދިޔައީ އެވެ.

އައިފޯން 12 އާ އެކު ޗާޖަރެއް ނުދެ އެވެ. އިއާފޯނެއް ވެސް ނުދެ އެވެ. ފޯނު ފޮށީގައި، ފޯނުގެ އިތުރަށް އޮތީ ޗާޖިން ކޭބަލް އެވެ. މި ކަމަށް މަލާމާތްކޮށް އެންމެ މަޖާ މެސެޖްތައް ސޯޝަލް މީޑިއާގައި ޝާއިއުކުރީ ސެމްސަންގުންނެވެ. ހީލަން ކަމުދާ މަޖާ މެސެޖްތަކެެކެވެ.

ގެލަކްސީ އެސް21 ފޮށި ތެރޭގައި ޗާޖަރެއް އަދި އިއާފޯނެއް ވެސް ނޯންނާނެ ކަމަށް މިހާރު އެބަ ބުނެވެ އެވެ. މި ވާހަކަ އަދި އޮތީ ތުންތުންމަތީގަ އެވެ. މިއީ ސެމްސަންގުން ކުރި އިއުލާނެއް ނޫނެވެ. އެހެން ނަމަވެސް، މި ކަމުގައި ހަގީގަތެއް އޮތް ކަމަށް ބެލެވެ އެވެ.

ގެލަކްސީ އެސް21 އާ އެކު ޗާޖަރާޢި އިއާފޯން ހިލޭ ނުދިނުމަކީ މައްސަލައެއް ނޫނެވެ. ވަކިން ވިއްކުމަކީ ވެސް މައްސަލައެއް ނޫނެވެ. އެއީ އެކަމަކު ފޯނުގެ އަގުން ކޮންމެވެސް މިންވަރެއް ހެޔޮ ނަމަ އެވެ.

ފޯނު ފޮށީގައި ޗާޖަރާއި އިއާފޯން ނުހިމަނާ ސަބަބެއް ކަމަށް ފޯނު ކުންފުނިތަކުން ބުނަނީ، ފޯނު އަގުބޮޑުވާތީ ކަމަށެވެ. ތިމާވެއްޓަށް އެހީވުމަށް ކަމަށް ވެސް ބުނެ އެވެ. އެކަމަކު، ނިޔަތަކީ ޗާޖަރާއި އިއާފޯން ވަކިން ވިއްކުން ކަމަށް ވާ ނަމަ – ތިމާވެއްޓަށް އެހީތެރިވުމަށް ކަމަށް އެ ބުނާ ބުނުމުގައި އިޚްލާސްތެރިކަމެއް ނެތީ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *