...

Support Us

ސްޕޭސްއެކްސް އާ ގުޅިގެން މައިކްރޮސޮފްޓުން ކްލައުޑް ކޮމްޕިއުޓިން ފުޅާކުރަނީ

ސްޕޭސް އެކްސް އާ ގުޅިގެން މައިކްރޮސޮފްޓުން "ކްލައުޑް ކޮމްޕިއުޓިން" ފުޅާކުރަނީ އެވެ. މި މަސައްކަތުގައި މައިކްރޮސޮފްޓްގެ ދައުރަކީ، މައިކްރޮސޮފްޓްން މިހާރު ވެސް ހިންގާ "އެޒްއާ ކްލައުޑް ކޮމްޕިއުޓިން" ވިޔަފާރި ފުޅާކުރުމެވެ.

ޖައްވަށް ސެލެޓައިޓް ފޮނުވުމުގައި، ކުންފުނިތަކުން ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުން، ސެޓެލައިޓް ޗެނަލްތަކަށް ދައްކަންޖެހޭ އަގުތައް އަންނަނީ ހެޔޮވަމުންނެވެ. މި ފުރުސަތުގެ ބޭނުންހިފައި، މައިކްރޮސޮފްޓުން މަސައްކަތްކުރަނީ ސްޕޭސްއެކްސްގެ ސްޓާލިންކް ސެޓެލައިޓްތަކުން ޖާާގަހޯދުމަށެވެ.

މައިކްރޮސޮފްޓް އެޒްއާ ކްލައުޑް ކޮމްޕިއުޓިން މުޅި ދުނިޔެ އަށް – ސެޓެލައިޓްތައް މެދުވެރިކޮށް ފުޅާކުރުމަށްޓަކައި، މައިކްރޮސޮފްޓްން ވަނީ އާ ޚިދުމަތަކެއް ވެސް އުފައްދާފަ އެވެ. އެއީ "އެޒްއާ އޯބިޓަލް" އާއި "އެޒްއާ ސްޕޭސް" އެވެ. މިއީ ތަފާތު ދެ ނަމެއްގައި ފޯރުކޮށްދޭ ޚިދުމަތްތަކެއް ނަމަވެސް، ވަކިވަކިން ހިންގުމުގަައި – ވިޔަފާރި އުސޫލުން ބަލާއިރު، ފައިދާ ކުޑަ ދެ ޚިދުމަތެކެވެ.

"އެޒްއާ އޯބިޓަލް" ނަންބޯޑްގެ ދަށުން ކުރާ މަސައްކަތްތަކަކީ ސެޓެލައިޓް "ގްރައުންޑް ސްޓޭޝަން"ތައް އުފެއްދުމެވެ. މި ސްޓޭޝަންތައް ހުންނަނީ "އެޒްއާ ސްޕޭސް"އާ ގުޅިފަ އެވެ. އެއީ ކްލައުޑް ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ސްޕޭސްއެކްސް އާ ގުޅުން ބަދަހިކުރުމުން، ސްޓާލިންކް ސެޓެލައިޓްތަކުން ވަކި ޗެނަލްތަކެއް ބޭނުކުރުމަށް މައިކްރޮސޮފްޓަށް ހުއްދަ ލިބެ އެވެ. މި ޗެނަލްތައް މެދުވެރިކޮށް އެޒްއާ ކްލައުޑް ޚިދުމަތްތައް ފުޅާކުރުމަށް – ބޭނުންޖެހިއްޖެ ކޮންމެ ތަނެއްގައި ޑާޓާސެންޓަރުތައް ބިނާކުރުމަށް މައިކްރޮސޮފްޓް މުޅިން ތައްޔާރު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މައިކްރޮސޮފްޓް މޮބައިލް ޑާޓާ ސެންޓަރުތައް ޑިޒައިންކޮށްފައި ވަނީ ޖަންގަލީގައި، ފަރުބަދަތަކުގައި އަދި ކަނޑުއަޑީގައި ވެސް ބެހެއްޓޭ ގޮތަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *