Support Us

ވަންޕްލަސް 9 ޑިޒައިންކުރަނީ – ކޯޑް ނަމަކީ "ލެމަނޭޑް"

ވަންޕްލަސް 8ޓީ އަދި ކިރިޔާ ވިއްކަންފެށީ އެވެ. ދެން އޮތީ ވަންޕްލަސް 9 އެވެ. މި ފޯނާ ބޭހޭ ގޮތުން ޓްވީޓާގައި އެބަ މަޝްވަރާކުރެވެ އެވެ. ފޯނުގެ ޑިޒަނާ މެދު އެވެ. ބޭނުންކުރާ ޕްރޮސެސާ، ސްޓޯރޭޖް، ސްކްރީން އަދި މޮމެރީއާ ބެހޭ ގޮތުންނެވެ. މި ހުރިހާ ކަމަށް ވުރެ މީހުންގެ ސަމާލުކަށް މި ވަގުތު ހުއްޓިފައި ވަނީ، ޑިޒައިން މަރުހަލާގައި ފޯނަށް ދީގެން އުޅޭ ކޯޑް ނަން – ލެމަނޭޑް އަށެވެ.

ވަންޕްލަސް 9، އަންނަ އަހަރު ކުރީކޮޅު ނެރޭނެ އެވެ. ކޮރޯނާވައިރަހާ ހެދި ކުންފުންޏަށް ދަތިތަކެއް ކުރިމަތިވި ނަމަ، ތަންކޮޅެއް ލަސްވެދާނެ އެވެ. އެހެން ނަމަވެސް، ވަންޕްލަސް ކުންފުނީގައި ހިނގާ ކަންތައްތައް ދަންނަ މީހުން ވެސް ބުނަނީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފޯނު ނެރޭނެ ކަމަށެވެ.

ވަންޕްލަސް ކޮމިއުނިޓީ ތެރޭގައި "ލެމަނޭޑް" ބޭނުންކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ލެމަނޭޑްގެ ފަހަތަށް އެހެން ލަފުޒުތަކެއް އިތުރުކޮށްގެން ވެސް ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. ވަންޕްލަސް 9 – ލެމަނޭޑަކީ ހަގީގަތުގައި ކޮބައިކަން އާންމުންނަށް ނޭނގުނު ނަމަވެސް، މިއީ ވެސް އަނގަތަޅާލަން ރަނގަޅު މައުލޫއެކެވެ.

ލެމަނޭޑް އަކީ ކަރުހިތްކައިގެންފައި ހުންނައިރު، އެހެން އެއްޗަކަަށް ވުރެ އެދެވޭ އެއްޗެކެވެ. ލެމަނޭޑްގައި އެކި މީހުންނަށް އެކި ރަހަލީ ނަމަވެސް، މެންދުރުގެ ކެއުމާ އެކު ވެސް ބައެއް މީހުން ލެމަނޭޑް އިޚްތިޔާރުކުރެ އެވެ. ސްމާޓްފޯނަކަށް ވަނަމެއް ގޮތުގައި "ލެމަނޭޑް" ކިޔުމުން ދޭހަކުރެވެނީ، ލެމަނޭޑެއް ބޯލުމުން ކަރުގެރެ އަށް ވާ ގޮތެވެ. ލެމަނޭޑްގެ ފިނިން ކަރުތެރެ ތެތްކޮށްލައި، ހަށިގަނޑުގެ ހޫނުކަން ކެނޑިގެން ދާއިރު، ލިއްބައިދޭ އަރާމައި ހަމަޖެހުމެވެ.

ވަންޕްލަސް 9 – ލެމަނޭޑް، ޓްވީޓާގައި ފެތުރެމުންދާ ފޮޓޯގަނޑުން ދޭހަވަނީ މިއީ ދާރަ ތުނި ފޯނެއް ކަމެވެ. ސްކްރީންގެ އަރިމަތި ލަންބާލައި، އަތަށް އޮމާން ފޯނެއް ކަމެވެ. ތުނި އަދި އެހައި ލުއި ފޯނެއް ކަމެވެ. ދުލާއި ކަރުތެރެ އަށް ލެމަނޭޑުން ލިއްބައިދޭ އަރާމު، ފޯނުގައި އަތްޖައްސާމުން އަތްތިލަ އަށް ލިއްބައިދޭނެ ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *